މަސައްކަތް
ނަންބަރު: (IUL)28-FA-1/1/2016/15
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 22 ފެބުރުވަރީ 2016 10:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ،އެފްގައި ހުރި ތަކެތި މާލެއިން މާފިލާފުށްޓަށް ގެންދިއުމާއި މާފިލާފުށީގައި ހުރި ތަކެތި މާލެއަށް ގެނައުން

އެމް.އެން.ޑީ.އެފްގެ މާލޭގެ މަރުކަޒުތަކުގައި ހުރި ގާތްގަނޑަކަށް 14 ޓަނުގެ ތަކެތި، ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމް.އެން.ޑީ.އެފްގެ މަރުކަޒާއި ހަމައަށް ގެންދިއުމަށާއި، ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމް.އެން.ޑީ.އެފްގެ މަރުކަޒުގައި ހުރި ގާތްގަނޑަކަށް 1.5 ޓަނުގެ ތަކެތި، މާލޭގައި ޤާއިމުކޮށްފައިވާ އެމް.އެން.ޑީ.އެފްގެ މަރުކަޒުތަކަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. (މި އަދަދުތަކަށް އުނިއިތުރު އައުމަކީ އެކަށީގެންވާ ކަމެކެވެ.)

ވީމާ، މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2016 ފެބުރުވަރީ 22 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 ފެބުރުވަރީ 25 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ. 

16 ފެބުރުވަރީ 2016