ދިވެހިރާއްޖެ
އިޢުލާން
މާލެސިޓީގެ މަގުތަކުގައި ބަހައްޓާފައި ހުރި ބޭނުން ނުކުރާ އަދި ހަލާކުވެފައިވާ ކޭބަލް ފޮށިތައް ނެގުމާއި ގުޅޭ
މާލެ ސީޓި މަގުތަކުގައި ބަހައްޓާފައިހުރި ބޭނުން ނުކުރާ އަދި ހަލާކުވެފައިވާ ކޭބަލް ފޮށިތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށާއި ދުއްވާ އުޅަނދުތަކަށް އުދަނގޫވަމުންދާތީ، މިފަދަ ފޮށިތައް މަގުތަކުން ނެގުމަށް މާލެސިޓީ ކައުންސިލްގެ 05 ވަނަ ދައުރުގެ 14 ވަނަ ރަސްމީ ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
ވީމާ، 10 ސެޕްޓެމްބަރ 2026، ދުވަހުގެ 14:00 ގެ ކުރިން މި ދެންނެވި ގޮތަށް ހުރި ކޭބަލް ފޮށިތަކުގެ ވެރިފަރާތްތަކުން އެތަކެތި މަގުތަކުން ނެންގެވުމަށާއި ވެރިފަރާތް ނޭނގޭގޮތަށް ހުންނަ ފޮށި ތަކުގައި ކުންފުނީގެ ނަންޖެއްސެވުމަށް ވެސް ދަންނަވަމެވެ. އަދި މި މުއްދަތުގެ ފަހުގައި، ހަލާކުވެފައި ހުންނަ ފޮށިތައް، މި ކައުންސިލް އިން ނަގާނެ ވާހަކަ އާއްމުކޮށް އަންގާ އިއުލާނު ކުރީމެވެ.