ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-5B/426/2026/307
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:03
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މަސްޖިދުއްނޫރު ތަޅާލައި އެ ބިމުގައި އާ މިސްކިތެއް ބިނާކުރުމަށް މަސްޖިދުއްނޫރު ވަގުތީގޮތުން ބަންދު ކުރުމާއި ގުޅޭ

އިޢުލާން

މަސްޖިދުއްނޫރު ތަޅާލައި އެ ބިމުގައި އާ މިސްކިތެއް ބިނާކުރުމަށް މަސްޖިދުއްނޫރު ވަގުތީގޮތުން ބަންދު ކުރުމާއި ގުޅޭ

            މި އަވަށުގެ މަސްޖިދުއްނޫރު މިސްކިތަކީ ބޮޑެތި މަރާމާތުތައް ކުރަން ޖެހިފައިވާ މިސްކިތަކަށް ވުމާއި އެކު، އަމިއްލަފަރާތެއްގެ އެހީގައި މި މިސްކިތް ތަޅާލައި އެބިމުގައި އަލުން މިސްކިތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އާ މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން، 10 ސެޕްޓެންބަރު 2026 ވަނަ ދުވަހުން ފެށިގެން މަސްޖިދުއްނޫރު އުވާލެވޭނެކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

            އަދި މި ދުވަހުން ފެށިގެން މަސްޖިދުއްތަޤުވާ ގެ އިތުރުން މަސްޖިދުލްޢަލީ އަކީ މިއަވަށުގެ ހުކުރު ކުރާ މިސްކިތެއްގެ ގޮތުގައި ހަމަޖެހިގެންދާނެ  ވާހަކަ ދަންނަވަމެވެ.

21 ރަބީޢުލް އައްވަލް 1448

03 ސެޕްޓެންބަރު 2026

 

03 ސެޕްޓެންބަރު 2026