ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ވިއްކަން ޝައުޤުވެރިވާ 2 ފަރާތެއްހޯދުމަށް ބޭނުންވެއްޖެ
މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް އަމިއްލަތަކެތީގައި ތައްޔާރުކޮށް ވިއްކަން ޝައުޤުވެރިވާނެ ދެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 03 ސެޕްޓެންބަރު 2026 ން 10 ސެޕްޓެންބަރު 2026 އަށް ލިންކް https://forms.gle/cyo4GAXDwcwRfiPg9 މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށްއެދެމެވެ.
ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ15 ސެޕްޓެމްބަރު 2026 ވާ އަންގާރަ ދުވަހު ހެނދުނު 10:00ގައި މިސްކޫލުގައެވެ. މިބީލަމުގައި ބައިވެރިވެވޭނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތައް އެކަނި ކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް މެއިލް ކުރައްވާނީ [email protected] އަށް، މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑި އަކީ 09 ސެޕްޓެންބަރު 2026 ގެ 10:00 ގެ ކުރިން ކަމުގައި ދަންނަވަމެވެ. .އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި އަކީ 15 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ،އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާ އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.