ކުއްޔަށް ހިފުން
ނަންބަރު: (IUL)331/331/2026/64
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 08 ސެޕްޓެންބަރު 2026 11:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                                                                 ނަމްބަރ: 331/331/2026/64(IUL)

އިޢުލާން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

                  އެމް.ޓީ.ސީ.ސީ. ގެ ފަރާތުން މިރަށުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ، ގާފަރު ޝޯރ ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ގާފަރަށް އަންނަ މުވައްޒަފުން ތިބުމަށްޓަކައި 02 ނުވަތަ 03 ކޮޓަރި،  ފާޚާނާ، ސިޓިންގ ރޫމް އަދި ބަދިގެ އާއި ކާގެ ހިމެނޭގޮތަށް 3 މަސް ދުވަހުގެ މުއްދަތަށް ގެޔެއް ކުއްޔަށް ހިފުމަށް އެމް.ޓީ.ސީ.ސީ. ގެ ފަރާތުންވަނީ ހުށަހަޅުއްވާފައެވެ.  

                   ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެމަތިން 2 ކޮޓަރީގެ ނުވަތަ 3 ކޮޓަރީގެ ގެޔެއް ކުއްޔަށް ދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2026 ވާ އަންގާރާ ދުވަހުގެ 11:00 އަށް މިކައުންސިލްގެ އިދާރާ އަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

03 ސެޕްޓެންބަރު 2026