ވަޒީފާގެ ފުރުޞަތު
ނަންބަރު: GS216/IUL/2016/12
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 22 ފެބުރުވަރީ 2016 14:00
ތިނަދޫ ސްކޫލް/ ގދ.ތިނަދޫ
ދިވެހިރާއްޖެ
މަސައްކަތު

   އިޢުލާން

ވަޒީފާގެ ފުރުޞަތު:

   މަޤާމު:                     މަސައްކަތު

   ބޭނުންވާ އަދަދު:                04

   ރޭންކް:                     އެސް.އެސް 1

   ކްލެސިފިކޭޝަން:               ސަޕޯޓް ސްޓާފް ގްރޭޑް 1 

   މުސާރަ:                    -/3100 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             ތިނަދޫ ސްކޫލް

   ގިންތި:                     ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:     އެޑްމިން ސެކްޝަން/ ތިނަދޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސްކޫލާއި ސްކޫލުގެ ގޯތިތެރެ ސާފުކުރުމުގެ މަސައްކަތް ކުރުން

2- ކްލާސްރޫމްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން

3- ދަރިވަރުންގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ތަޢުލީމާއި ތަމްރީނު.
  • މަސައްކަތުގެ ތަޖުރިބާ
  • ކުރިން މަސައްކަތް ކޮށްފައިވާ މުއައްސަސާތަކުގެ ރެފަރެންސް.
  • އިންޓަރވިއުއިން ލިބޭ ޕޮއިންޓް.

އިންޓަރވިއު ކުރުން

ހ. މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި މި ސްކޫލުގައި އޮންނާނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ތިނަދޫ ސްކޫލުގެ އޮފީހަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިނަދޫ ސްކޫލުގެ އޮފީހަށް.

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިނަދޫ ސްކޫލުގެ ނަންބަރު 6842050 ފޯނަށް ގުޅުއްވުން އެދެމެވެ. 

11 ފެބުރުވަރީ 2016