ވަޒީފާގެ ފުރުޞަތު
ނަންބަރު: GS50/IUL/2016/7
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 22 ފެބުރުވަރީ 2016 14:00
ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:                        މަސައްކަތު

ބޭނުންވާ އަދަދު:                   1

ރޭންކް:                        އެސް އެސް 1

ކްލެސިފިކޭޝަން:                  ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ:                       -/3100 ރުފިޔާ

ސަރވިސް އެލަވަންސް:              -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                ޝަމްސުއްދީން ސްކޫލް

ގިންތި:                       (ދާއިމީ)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:        އިދާރީ/ ޝަމްސުއްދީން ސްކޫލް

އެހެނިހެން އިނާޔަތް:                ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސްކޫލުގެ ކްލާސްރޫމްތަކާއި، އިމްތިޙާންތަކަށް ބޭނުންވާގޮތަށް ގޮނޑި މޭޒު އުފުލައި އެތުރުން

- ސްކޫލުގައި ބާއްވާ އެކި ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން

- ސްކޫލުގެ ފުރާޅު ސާފުކުރުމާއި މެއިންޓެނަންސްގެ އެންމެހާ ކަންތައް ސްޕަވައިޒަރުގެ ބެލުމުގެ ދަށުން ކުރުން

- ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން

- ގޯތިތެރެއާއި މަގުމަތި ސަރަޙައްދުގެ ކުނި ނަގައި، ވިނަ ކޮށައި، ވިނަ ނޮޅުން އަދި ގަސްތައް ކޮށައި ބެލެހެއްޓުން

- ސްކޫލުގެ އެންމެހައި ޢިމާރާތްތަކާއި އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ސާފުކޮށް ބެލެހެއްޓުން

- ސްޕަވައިޒަރުންނާއި ޓީޗަރުން ވިދާޅުވާ، ސްކޫލުގެ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ކުރުން

- ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ސްކޫލްގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރުން

- ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރަށް ހިންގާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

ޝަރުޠު:

- ލިޔަންކިޔަންދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

އިންޓަރވިއު ކުރުން

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 23 ފެބުރުވަރީ 2016 އާއި 25 ފެބުރުވަރީ 2016 އާ ދެމެދު ޝަމްސުއްދީން ސްކޫލުގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު

   (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޝަމްސުއްދީން ސްކޫލް އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ނޯޓް:

- މި މަޤާމަށް މީހަކު އައްޔަންކުރުމުގައި ފިރިހެނަކަށް އިސްކަންދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޝަމްސުއްދީން ސްކޫލުގެ ނަންބަރު 6895733 ފޯނަށް ގުޅުއްވުން އެދެމެވެ.

 

10 ފެބުރުވަރީ 2016