ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)1139-EMCD/1139/2026/156
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:50
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުން
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަހައްދުގައި މި އަހަރުގެ ސެޕްޓެންބަރު މަހުގެ 4 – 11 އަށް 14 ވަނަ "ފޯ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންސް ޓްރޮފީ 2026" ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި މުއްދަތުގައި މި ސަރަހައްދު، މުބާރާތުގައި ބައިވެރިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ބަންދުކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
02 ސެޕްޓެންބަރު 2026