ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2026/30
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 07 ސެޕްޓެންބަރު 2026 11:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ލަންދޫ ބާބަކިޔު އޭރިޔާގައި 3 ހަޓް ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ:

މިރަށު ބާބަކިޔު އޭރިޔާގައި މިހާރު ހަދާފައިހުރި 3 ހަޓް ނަގާ، އަލުން 3 ހަޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ: (IUL)289/289/2026/26 (23 އޮގަސްޓް 2026) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި މިއިދާރާއިން ދިނުމުން، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، ކޯޓޭޝަން ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، 07  ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިޕްރޮޖެކްޓަކީ މަސައްކަތްތައް ބައިބަޔަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮޖެކްޓަކަށްވާތީ، މަސައްކަތްތަކަށް ވަކިވަކިން އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6563759 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.   

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ރަބީޢުލްއައްވަލް 1448

02 ސެޕްޓެމްބަރ  2026

02 ސެޕްޓެންބަރު 2026