ވަޒީފާގެ ފުރުޞަތު
ނަންބަރު: GS106/2016/IU/008
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 18 ފެބުރުވަރީ 2016 14:00
މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: މަސައްކަތު

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މާއުނގޫދޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން / ށ.މާއުނގޫދޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރީސްކޫލް ދަރިވަރުން ފާޚާނާއަށް ދިއުމުގެ ކަންކަމުގައި އެހީތެރިވުން.
  • ހަމަޖެހިފައިވާ އުސޫލުން މަދަރުސާގެ ގޯތިތެރެއާއި، މަގުމަތިން ހަވާލުކުރެވިފައިވާ ސަރަހައްދު ކުނިކަހައި ސާފުކުރުން.
  • ކްލާސްތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  • ހަވާލުކުރެވިފައިވާ ކްލާސްތަކުގެ ފަރުނީޗަރުތައް ހިރަފުސްފޮޅައި ސާފުކޮށް ތަރުތީބުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ ކިޔެވުން ނިމުމުން، ކްލާސްތަކުގެ އެންމެހައި ކުޑަދޮރުތައް ހުރީ ތަންޑުއެޅުވިފައިކަން ކަށަވަރުކުރުމާއި، ބޮޑުދޮރު ލައްޕާފައި ބެހެއްޓުން.
  • ހަވާލުކުރެވިފައިވާ ސަރަހައްދުގައި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަން ވަގުތުން އިސްވެރިޔަކަށް އެންގުން.

ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުން:

  • ސްކޫލުގައި ހުންނަ އެހެނިހެން އިމާރާތްތަކުގެ ތެރެއިން ސްކޫލުން ހަވާލުކުރާ އިމާރާތްތަކާއި، އެ އިމާރާތުގައިވާ ފަރުނީޗަރުތައް ފޮޅައި ސާކުރުން.
  • ސްކޫލުގެ ފާޚާނާ އިމާރާތް ސާފުކޮށް ބެލެހެއްޓުމާއި، އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، ސްކޫލުގެ އިދާރާއަށް އެކަން އަންގައި ރަނގަޅުކުރުން.

ސްކޫލުގެ މުވައްޒަފުންނަށް ދާއިރާއާ ގުޅުންހުރި ކަންކަމުގައި އެހީތެރިވެދިނުން:

- ސްކޫލުގެ އިދާރީ މުވައްޒަފުންނާއި، މުދައްރިސުން، ސްކޫލާ ގުޅުންހުރި ކަމެއް ކޮށްދިނުމަށް އެދިއްޖެނަމަ އެދުނުކަމެއް ކޮށްދިނުން.

އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން:

  • ސްކޫލުގެ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް ރާވައިގެން ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ހާލަތެއްގައި އެކަމެއްގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމެއް ކާމިޔާބުކުރުމަށް މަސައްކަތްކުރުމާއި، އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ، އެ ހަރަކާތެއް ބާއްވައިގެން ކާމިޔާބުކަމާއެކު ކޮށް ނިންމުން.
  • ސްކޫލުގައި ފާހަގަކުރާ ދުވަސްތަކާއި، މުނާސަބަތުތަކުގައި ހަވާލުކުރެވޭ ކަންތައްތައް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށްނިންމުން.

މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން:

- ހަވާލުކުރެވިފައިވާ މަސައްކަތެއް ހަވާލުކުރެވުނު މުއްދަތަށް އެއްވެސް ސަބަބަކާހުރެ ނިންމުމަށް ޢުޒުރުވެރިވެއްޖެނަމަ، ކުރިޔާލައި އެކަން ސުޕަވައިޒަރަށް އަންގައި، ސުޕަވައިޒަރުގެ ލަފާގެމަތިން ދެން ކުރިއަށްދާންވީ ކިހިނެއްތޯ ބަލައިގެން އެގޮތަކަށް ޢަމަލުކުރުން.

- ޗުއްޓީއާއި، ސަލާމާއި، އާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު، ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ، ނިކުންނަތާ ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތްތައް ނިންމުން.

ބަދަލު އިންތިޒާމު:

އޮފީހުގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާ ކަމެއް އެ މުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ، އެކަމެއް ކުރަން ރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން.

އެހެނިހެން  މަސައްކަތްތައް:

  • ހަވާލުކުރެވިފައިވާ ސަރަހައްދުގައިވާ ގަސްތައް ކޮށަންޖެހިއްޖެ ހާލަތެއްގައި ކޮށުން.
  • ހަވާލުކުރެވިފައިވާ ސަރަހައްދުގައިވާ ވިނަނޮޅަންޖެހޭ ތަނެއްވާނަމަ ވިނަނޮޅުން.
  • ހަވާލުކުރެވޭ ސަރަހައްދުގައިވާ ދިޔަދޮވިތަކާއި ފުރާޅު ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި ސާފުކުރުން.
  • ފެންތާނގީތައް ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި ސާފުކޮށް ފެންނެގުން.
  • ސްކޫލުން މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ޚިދުމަތެއް ފޯރުކޮށްދޭން އެނގިއްޖެ ހާލަތެއްގައި، އެ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން.
  • ފޯރުކޮށްދޭ ޚިދުމަތަކީ ސްކޫލަށް އެންމެ ފައިދާހުރިގޮތުގައި ޚަރަދުކުޑަކޮށް ފޯރުކޮށްދެވުނު ޚިދުމަތެއްކަން ކަށަވަރުކުރުން.
  • ސްކޫލުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، އެކުގައި މަސައްކަތްކުރާ އެހެނިހެން ފަރުދުންނާ ގާތް ގުޅުމެއް ބާއްވައި އިޙުތިރާމްކުރުން.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު.
  • ހުށަހަޅާފައިވާ މަސައްކަތުގެ ތަޖުރިބާ.
  • ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު.
  • އިންޓަރވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަރވިއުކޮށްގެން ލިބޭ މާކްސް.
  • މި ވަޒީފާއަށް އަންހެނަކު ނެގުމަށް އިސްކަންދެވޭނެއެވެ.

އިންޓަރވިއު ކުރުން:

ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު، ބޭއްވޭނެ ތަނަކާއި ގަޑި ފޯމު ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ-ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސުކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސުކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6540554 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

2 ޖުމާދަލްއޫލާ 1437

11 ފެބުރުވަރީ 2016