ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފ. ނިލަންދޫ ކުޑަކުދިންގެ ޕާކަށް ބޭނުންވާ މަލްޓިޕްލޭ ސެޓަޕު، އެހެނިހެން ކުޅޭތަކެތި އަދި ލައިޓްޕޯސްޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ ނަންބަރު: (IUL)374-C/374/2026/36 (2026 އޮގަސްޓު 06 ) ގެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތަށް މި އިދާރާއިން އަންދާޒާ ކޮށަފައިވާ އަގަށްވުރެ ބޮޑުވުމުގެ ސަބަބުން އަދި ބީލަން ހުށަހެޅި ފަރާތްތަކުގެ ބީލަންތަށް ފުރިހަމަ ނުވުމުގެ ސަބަބުން ހަވާލާދީފައިވާ އިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތްތަކުގެ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓު (www.faafnilandhoo.gov.mv) އާއި، ފޭސްބުކް ޕޭޖު (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2026 ސެޕްޓެންބަރު 02 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 14 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖު އަދި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.
ނޯޓު: އަންދާސީ ހިސާބު ހުށަހަޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.
20 ރަބީޢުލްއަށްވަލު 1448
02 ސެޕްޓެންބަރު 2026