ދިވެހިރާއްޖެ
އިޢުލާން
މަޤާމް : ލީޑް ކޮންސަލްޓަންޓް – ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް އެންގޭޖްމަންޓް
ބޭނުންވާ އަދަދު : 1
މި ވުޒާރާއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ވިލަރެސްކުރެވެމުންދާގޮތް ފުރިހަމަކަމާއިއެކު އާންމުންނަށް ފޯރުކޮށްދިނުމަށް އަންނަނިވި ދާއިރާގެ ފަންނީ ޤާބިލް ތަޖުރިބާކާރުން 1 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މި ޢިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
|
މަޤާމު |
އަދަދު |
|
ލީޑް ކޮންސަލްޓަންޓް – ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް އެންގޭޖްމަންޓް |
1 |
ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 8 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (އަމީނީމަގު، މާލެ) އަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސް ސެކްޝަން / މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދަރުބާރުގެ، އަމީނީ މަގު، މާލެ، 20344، ދިވެހިރާއްޖެ
ފޯން: 4004900
އީ-މެއިލް: [email protected]
20 ރަބީޢުލްއައްވަލް 1448