|
އިޢުލާނު
|
|
މަޤާމު:
|
ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ (ވަގުތީ)
|
|
ބޭނުންވާ އަދަދު:
|
2 (ދޭއް)
|
|
މަޤާމުގެ ގިންތި:
|
01 އަހަރު (ވަގުތީ)
|
|
މަޤާމުގެ ރޭންކު:
|
ރޭންކް 8 - ސްޓެޕް 1
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
-
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ، ހުޅުމާލެ
|
|
ސެކްޝަން:
|
ޑިސްއެބިލިޓީ ޑިވިޜަން
|
|
މުސާރަ:
|
14,126.00ރުފިޔާ
|
|
މަގާމުގެ އެލަވަންސް:
|
6,592.00 ރުފިޔާ
|
|
ހާޟިރީ އެލަވަންސް:
|
178.00 ރުފިޔާ
|
|
އެހެނިހެން އެލަވެންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުންހުރި މަސައްކަތްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި ސިޔާސަތުތަކާއި ގައިޑްލައިންތައް އެކުލަވާލުމުގައި ބައިވެރިވުމާއި ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
- ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ޤާނޫނު) ގައި ބަޔާން ކުރާ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަންފީޒުކުރުން.
- ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކުގެ ދައުރު ހަރުދަނާކުރުމަށާއި، ހުރިހާ ދާއިރާއެއްގައި ދެޖިންސްގެ ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ބައިވެރިވުން އިތުރުކުރުމަށްޓަކައި އެފަރާތްތަކަށް ބޭނުންވާ ހުނަރާއި ގާބިލުކަން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މިކަންކަމަށް މުޖްތަމަޢު އާއި ދާއިރާގެ ގުޅުންހުރި ފަރާތްތައް ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް ހިންގުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާރުވެރިކުރުމަށް އެކި މަޝްރޫޢުތައް ހިންގުމާއި އެފަދަ މަސައްކަތްތަކާ ބެހޭގޮތުން ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ގެ ބައިވެރިވުން އިތުރުކުރުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރައްކާތެރިކަމާ ދުޅަހެޔޮކަމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ރާވައި، އެކަންތައްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭ، އާމައްސަލަތަކާއި (އިމާޖިން އިޝޫސް) ދެނެގަނެ، އެމައްސަލަތައް ހައްލުކުރުމަށް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުމާއި، މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުވުމަށް މަސައްކަތްތައް ކުރުން.
- ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުއް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓް އެކުލަވާލުމަށް ކުރާ ދިރާސާތަކުގެ އަލީގައި އިޞްލާޙްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ހުރިހާ ދާއިރާ ތަކެއްގެ ސަމާލުކަމަށް ގެނައުން. އަދި އެފަދަ ކަންތައްތައް ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާއިއެކު ކުރުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހައިން އެކިއެކި ޚިދުމަތްތައް ކަމާ ގުޅުންހުރި ފަރާތްތަކާއި އެކު ހަމަޖެއްސުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާއަދާ ކުރެވޭ ފަރާތްތަކަށް އެފަރާތްތަކާއި އެކަށޭނެ ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމުގެ މަސައްކަތްތަކާއި، ވަޒީފާ އަދާ ކުރާ މީހުން ވަޒީފާ އަދާ ކުރަމުންދާ ގޮތް މޮނީޓަރކޮށް އެކަންކަން ހަރުދަނާ އުޞޫލެއްގެ މަތިން ކުރިއަށް ގެންދިއުން.
- ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފައިދާ ކުރުވަނިވި ކަންކަމުގައި އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރުން.
- ޤާނޫނު ނަންބަރު 2010/8 ގެ ދަށުން އެކުލަވާލާ ޑިސެބިލިޓީ ކައުންސިލްއަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކައުންސިލްގެ ސެކްރެޓޭރިއަޓު ބެލެހެއްޓުމުގެ ކަންކަން ފަހިކޮށްދިނުމާއި، ކައުންސިލްގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ޔައުމިއްޔާ ތައްޔާރުކުރުމާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށާއި އެފަދަ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް މަދަނީ ޖަމްޢިއްޔާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި، އިޖްތިމާޢީ ގްރޫޕްތަކާއެކު ގުޅުންބަދަހިކުރުމާއި އެފަދަ ފަރާތްތަކާއެކު ގުޅިގެން މަޝްރޫޢުތައް ހިންގުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތާކާއި، ހުށަހެޅޭ މައްސަލަތަށް ސޯޝަލް ސަރވިސަސް ޑިޕާރޓްމަންޓްއަށް ރިފަކުރުން.
- ރާއްޖޭގެ ހުރިހާ ރަށެއްގައި "ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން" އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
- ޤާނޫނުގައި ބަޔާންކުރާ ގޮތަށް އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއްނެތި، ތަޢުލީމީ ނިޒާމުގެ ތެރެއިން އުނގެނުމާއި ތަމްރީނު ލިބުމުގެ ފުރުޞަތުތައް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބިދޭކަން ކަށަވަރުކުރުން.
- މިނިސްޓްރީގެ މަސައްކަތާއި ގުޅިގެން އެކުލަވާލެވިފައިވާ ކޮމިޓީތަކާއި ސަބްކޮމިޓީތަކަށް ހަވާލުކުރެވޭ އެންމެހާ މަސައްކަތަތްތައް ކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން އެހެނިހެން ކަމާ ގުޅުންހުރި ފަރާތްތަކާއި އެކު ބާއްވާ ބައްދަލުވުންތަކުގައި މިނިސްޓްރީ ނަން ހުށަހަޅާފި ހިނދެއްގައި ނުވަތަ މިނިސްޓްރީން އެދިއްޖެ ހިނދެއްގައި ބައިވެރިވުން.
- މުވައްޒަފުންގެ ޕަރފާމަންސް އެޕްރައިޒަލް ފުރުމާއި، މުވައްޒަފުންނަށް މަސައްކަތުގައި ދޭންޖެހޭ އިރުޝާދާއި ލަފާ ދިނުން އަދި މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލުކުރެވޭ އެންމެހައި މަސައްކަތަތްއް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 މަރސްޓާސް ޑިގްރީ ހާސިލުކޮށްފައިވުން.
ނުވަތަ
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނާސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޑިކްޝަން ސައިންސް
- އެޑިކްޝަން ސްޓަޑީޒް
- އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް
- އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން
- ބިހޭވިއަރަލް ހެލްތް ސައިންސް
- ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ
- ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް
- ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް
- ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން
- ޗައިލްޑް އެންޑް ކޮމިއުނިޓީ
- ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް
- ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޖުވެނައިލް ޖަސްޓިސް
- ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ
- ޗައިލްޑް ވެލްފެއަރ ވަރކް
- ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް
- ކަރެކްޝަންސް އެންޑް ޖުވެނައިލް ޖަސްޓިސް ސްޓަޑީޒް
- ކައުންސެލިންގ
- އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް
- ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް
- ފެމިލީ ސްޓަޑީޒް
- ފެމިލީ ތެރަޕީ
- ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް
- ޖުވެނައިލް ޖަސްޓިސް
- މެރިއޭޖް އެންޑް ފެމިލީ
- މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް
- މެރޭޖް އެންޑް ފެމިލީ ތެރެޕީ
- ސައިކޮލޮޖީ
- ސޯޝަލް ސަރވިސަސް
- ސޯޝަލް ވޯރކް
- ސޯޝިއޮލޮޖީ
- ޔޫތް ވަރކް އެންޑް ކްރިމިނަލް ޖަސްޓިސް
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
ސޯޝަލް ސާވިސަސް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Policy/DownloadFile/403
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ސެޕްޓެމްބަރ 2026 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ (އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 10 ސެޕްޓެމްބަރު 2026 އާ 9 ޑިސެމްބަރ 2026 އާއި ދެމެދު، މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ ( އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) 2 ވަނަ ފަންގިފިލާ ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|