ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2027 ގައި ބައިވެރިވާ މުލަކަތޮޅު މަޑުއްވަރީ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މުލަކަތޮޅު މަޑުއްވަރީގައި ރަޖިސްޓަރީ ކޮށްފައިވާ ކުލަބު/ޖަމްޢިއްޔާތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، މ.މަޑުއްވަރީ ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝަޢުޤުވެރިވެލައްވާ، މުލަކަތޮޅު މަޑުއްވަރީގެ ކުލަބު/ޖަމްޢިއްޔާތަކުން، 2026 އޮކްޓޯބަރ 01 ވާ (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން މި އިދާރާގެ އީމެއިލް [email protected] އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކެ ޕްރޮޕޯސަލް ހުށަހެޅުމާއިގުޅޭ މަޢުލޫމާތު ކަރުދާސް ، ހުށަހެޅުމަށްޖެހޭ ޗެކްލިސްޓް އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ ފޯމް/ޖަދުވަލުތައް އެއްހީރަސްކުރެވިފައިވާނެކަމުގައި މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.