ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)146-A1/1/2026/36
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 10 ސެޕްޓެންބަރު 2026 13:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޯޓް ލީގަލް އޮފިސަރ

ނަންބަރު:  IUL)146-A1/1/2026/36)

 

އިޢުލާނު

މަޤާމު:

ކޯޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7

މަޤާމުގެ ކްލެސިފިކޭޝަން:

ޖުޑިކޭޗަރ ލީގަލް ޕްރޮފެޝަނަލުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ކޯޓު / ޝަރީޢަތްކުރުމާ ބެހޭ ބައި (ބީ3)

މުސާރަ:

-/14،785 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  • މަގާމުގެ އެލަވަންސް: -/5،900 ރުފިޔާ
  • ހާޟިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/175 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/220 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް:

  1. ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޝަރުޢީ އަދި ޤާނޫނީގޮތުން ކުރަންޖެހޭ ޢިލްމީ ދިރާސާތައް ކޮށް، މައްސަލަތަކުގެ ޙުކުމާއި ވަގުތީ އަމުރު ފަދަ ލިޔުންތައް ތައްޔާރުކުރުމުގައި ޤާޟީންނަށް އެހީތެރިވުން.
  2. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްތައް ތައްޔާރުކުރުން.
  3. މައްސަލަތަކާ ގުޅިގެން ހޯދަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދުމުގައި ޤާޟީންނަށް އެހީތެރިވުން.
  4. ޝަރުޢީ އަދި ޤާނޫނީ ކަންކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގެންފައިވާ ރިޕޯޓްތަކާއި، އާ ހޯދުންތަކާއި ދިރާސާތަކާ ގުޅޭ މަޢުލޫމާތުތައް އެއްކޮށް، ފަސޭހަކަމާއެކު އެފަދަ ލިޔުންތައް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުން.
  5. ޤާޟީގެ ލަފާފުޅުގެ މަތިން، ސެކްޝަންގެ މައްސަލަތަކާ ގުޅިގެން ނިންމަންޖެހޭ އެންމެހައި ކަންކަމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  6. ޤާޟީގެ ލަފާފުޅުގެ މަތިން، ސެކްޝަންގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކަށް ޖަވާބުދާރީވުން.
  7. ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
  8. ސެކްޝަންގެ މައްސަލަތަކުގެ ތެރެއިން ޝެޑިއުލް ނުކުރެވި ލަސްވާ މައްސަލަތައް ލަސްވާ ސަބަބުތައް ދެނެގަނެ އެކަމާބެހޭ މަޢުލޫމާތު ޤާޟީއަށް އެރުވުން.
  9. ސެކްޝަންގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި، ފިޔަވަޅު އަޅަންޖެހޭ ކަންކަމުގެ ސްޓޭޓަސް ބަލައި ޤާޟީއަށް ރިޕޯޓްކުރުން.
  10. ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކާއި ބޭއްވޭ އަޑުއެހުންތަކުގެ ތަފާސް ހިސާބު ބެލެހެއްޓޭކަން ކަށަވަރުކޮށް، އެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  11. ކޯޓުގެ ވެބްސައިޓްގައި ޝާއިޢުކުރަންޖެހޭ ޙުކުމްތައް، ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ޝާއިޢުކުރުމަށް ތައްޔާރުކޮށް، ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން.
  12. ސެކްޝަންގެ މައްސަލަތަކާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ އެންމެހައި ލިޔުންތައް ފައިލްކުރެވިފައިވޭތޯ ކަށަވަރުކުރުން.
  13. ކޯޓަށް ޙާޟިރުކުރެވޭ ފަރާތްތަކާމެދު ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާތޯ ބަލައި އެކަން ކަށަވަރުކުރުން.
  14. މައްސަލަތަކުގެ އިޝޫތަކާއި ޕްރޮސީޖުރަލް އިޝޫތައް ފާހަގަކޮށް ޤާޟީގެ ސަމާލުކަމަށް ގެނައުން.
  15. ސެކްޝަނަށް ލިބޭ އެކިއެކި ލީގަލް ޑޮކިއުމަންޓްތައް ހުރީ އެ ޑޮކިއުމަންޓަކާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިންތޯ ބެލުން.
  16. މައްސަލަތަކާ ގުޅިގެން ސެކްޝަނަށް ލިބޭ، އިނގިރޭސި ބަހުން ހެދިފައި ހުންނަ ޓެކްނިކަލް އަދި ކޮމްޕްލެކްސް ޑޮކިއުމަންޓްތައް ސެކްޝަންގެ ބޭނުންތަކަށް ތަރުޖަމާ ކުރުން.
  17. އަލަށް ހެދޭ ޤާނޫނުތަކާއި ޑްރާފްޓް ބިލްތަކުގައި ހުރެދާނެ ލީގަލް އިޝޫތައް ފާހަގަކޮށް، އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމުގައި އެހީތެރިވުން.

ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް:

  1. ސެކްޝަންގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މުވައްޒަފުންގެ މަސައްކަތް އެޕްރެއިޒްކުރުން.
  2. ސެކްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުން.
  3. ކޯޓުގެ އެކި ބޭނުންތަކަށް އެކުލަވާލާ ކޮމިޓީތަކުގައި ބައިވެރިވާން ޖެހިއްޖެނަމަ އެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރުން.
  4. ކޯޓުގެ އެހެން ސެކްޝަނެއް ނުވަތަ ޑިވިޝަނެއް ހިންގުމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކާ ހަވާލުވާން ޖެހިއްޖެ ހާލަތެއްގައި، އެ ޒިންމާއާ ހަވާލުވެ އެ ސެކްޝަނެއްގެ މުވައްޒަފުންގެ ކަންކަން ސުޕަވައިޒް ކުރުން.
  5. މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް އެހެން ނަމަވެސް ހާލަތު ނިޔާކުރާގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލު ކޮށްފައިވު

ތަޢުލީމީ ރޮނގު

ޝަރީޢަތާއި / ޤާނޫނު / ޝަރީޢާ / ޤާނޫނު

 

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

ޝަރީޢަތާއި ޤާނޫނު / ޝަރީޢާ / ޤާނޫނު.

ނޯޓު:ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ގުޅޭ ވަޒީފާގެ ދާއިރާތައް

ޝަރީޢަތާއި / ޤާނޫނު / ޝަރީޢާ / ޤާނޫނު

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް) ؛ ނުވަތަ

 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

 2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި ފެމިލީ ކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.) www.familycourt.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން  (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މާރކްސް

 

25

އަސާސީ ޝަރުޠު ހަމަވުން

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

15

އިމްތިހާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

30

އިންޓަރވިއު

100

ޖުމްލަ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި އިންޓަވިއު އޮންނާނީ، (2026 ސެޕްޓެމްބަރު 14 ން 2026 އޮކްޓޫބަރު 30) އާ ދެމެދު، ފެމިލީ ކޯޓު (ޖަސްޓިސް ބިލްޑިންގ) ނުވަތަ މިކޯޓުން ކަނޑައަޅާ ތަނެއްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ފެމިލީކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3340502 / 3340503) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

02 ސެޕްޓެންބަރު 2026