ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)146-A1/1/2026/34
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 10 ސެޕްޓެންބަރު 2026 13:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ސީނިއަރ ކޯޓް އެޑްމިނިސްޓްރޭޝަން އޮފިސަރ

ނަންބަރު: IUL)146-A1/1/2026/34)

 

އިޢުލާނު

މަޤާމު:

ސީނިއަރ ކޯޓް އެޑްމިނިސްޓްރޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7

މަޤާމުގެ ކްލެސިފިކޭޝަން:

ކޯޓް އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ކޯޓު / އިސްޤާޟީ ބިއުރޯ

މުސާރަ:

-/13،390 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  • މަގާމުގެ އެލަވަންސް: -/5،245 ރުފިޔާ
  • ހާޟިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/160 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/160 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އާންމު ފަރާތްތަކަށް ކޯޓުގެ މަސައްކަތް ހިނގާ ގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް އޯޑިއޯ ވީޑިއޯ އަދި ޑިޖިޓަލް ކޮންޓެންޓް ތައްޔާރު ކޮށް އިސްޤާޟީގެ ހުއްދައާއެކު އެތަކެތި ކޯޓުގެ އެކި ޗެނަލް އަދި ޕްލެޓްފޯމްތަކުގައި ހިއްސާކުރުން
  2. އަލަށް ތަޢާރަފް ކުރެވޭ ޤާނޫނާ ގަވާއިދުތަކާއި ގުޅިގެން ކޯޓުން އާންމުންނަށް މަޢޫލޫމާތު ދިނުމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ތަކެތި އަދާ ހަމަކޮށް މަޢޫލޫމާތު ހިއްސާ ކުރުން
  3. ކޯޓުގެ ތަސައްވަރު ރަނގަޅު ކޮށް ކޯޓަށް ވާސިލްވުމާއި ގުޅޭގޮތުން ކުރެވޭނެ ކަންތައްތަކުގެ މަޝްވަރާ އެރުވުމާއި އަދި އެގޮތުން ހިންގޭ އިވެންޓްތަކުގެ މެސޭޖިން އަދި ކޮމިއުނިކޭޝަންގެ އެންމެހާ ކަންކަން ކުރުން
  4. ކޯޓުން އެކި އެކި މުނާސަބަތުތަކާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ އެކި އިންފޯގްރެފިކްސް، ޕޯސްޓަރ ، ކާޑް ފަދަ ތަކެތި ފަރުމާކޮށް ތައްޔާރު ކުރުން.
  5. މައްސަލަ ނިމޭތާ 2 ދުވަސްތެރޭގައި މައްސަލައިގެ ޙުކުމް ވެބްސައިޓަށް އަޕްލޯޑުކުރުން
  6.  ކޯޓުން ތައްޔާރުކުރަންޖެހޭ ޚަބަރު ތައްޔާރުކުރުމާއި އެކިއެކި މުނާސަބަތުތަކުގައި އިސްޤާޟީއާއި ޤާޟީން ދައްކަވާ ވާހަކަފުޅު ތައްޔާރުކުރުމުގައި އެހީތެރިވެ ދިނުމާއި ކޯޓުން ޝާޢިއުކުރާ އެކި ލިޔުންތައް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއިއެކު ތައްޔާރުކޮށް ޝާޢިއުކުރުން
  7. ކޯޓުގެ ފަރާތުން މީޑިއާ މެދުވެރިކޮށް ހިންގަން ބޭނުންވާ ޕްރޮގްރާމްތަކާއި، ދޭން ބޭނުންވާ މަޢުލޫމާތުތައް ދިނުމުގެ އެންމެހައި ކަންތައްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
  8. ކޯޓުގެ ވެބްސައިޓްއަށް ލުމަށް އިނގިރޭސިބަހާއި ދިވެހިބަހުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާއި ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. ކޯޓުގެ ޙުކުމްތަކާއި ގުޅިގެން މީޑިއާތަކަށް ދޭންޖެހޭ ޚަބަރުތައް ތައްޔާރުކުރުމާއި ކޯޓުގެ ޙުރުމަތް ކެނޑޭގޮތަށް ޚަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އަޅާ ޙާލަތުގައި އެކަމާއި ގުޅޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
  10. ޓީވީ އާއި ރޭޑިއޯ އަދި ނޫސް މަޖައްލާތަކާއި ސޯޝަލް މީޑިއާގެ ފަދަ އެކިއެކި ވަޞީލަތްތަކުގައި ފެމިލީ ކޯޓާއި ބެހޭގޮތުން ހާމަކުރެވޭ ކަންތައްތަކުގެ މަޢުލޫމާތު ޔުނިޓް ހެޑަށް އެރުވުމާއި، އެފަދަ ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  11. މި ކޯޓުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ވީޑިއޯ ޗެނަލް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަޕްލޯޑުކުރަންޖެހޭ ތަކެތި ސުޕަވައިޒަރގެ ލަފާގެ މަތިން ޤަވާޢިދުން އަޕްލޯޑުކޮށް ބެލެހެއްޓުން.
  12. ކޯޓުގެ ތާރީޚާއި ކޯޓުގެ ބޭނުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ތާރީޚީ ފޮތްތައް ތައްޔާރުކޮށް ފޮޓޯތަކާއި ލިއުންތައް އެއްކޮށް ރައްކާތެރިކޮށް ބެލެހެއްޓުން.
  13. ކޯޓުގެ މަސައްކަތާއި ގުޅޭ ގޮތުން ތައްޔާޜު ކުރާ މަހު ރިޕޯޓް އަދި އެނޫންވެސް މަޢޫލޫމާތާއި ގުޅޭ ޑިޖިޓަލް ކޮންޓެންޓް ތައްޔާރުކުރުން
  14. އަހަރީ ރިޕޯޓަށް ބޭނުންވާ އިންފޯ ގްރަފިކްސް ތައްޔާޜު ކުރުން
  15. މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް އެހެންނަމަވެސް ހާލަތު ނިޔާކުރާގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލު ކޮށްފައިވުން

ތަޢުލީމީ ރޮނގު

  • ޖާނަލިޒަމް
  • ކޮމިއުނިކޭޝަންސް  
  • މީޑިއާ ކޮމިއުނިކޭޝަން  
  • ޕަބްލިކް ރިލޭޝަންސް
  • އެނިމޭޝަން  
  • އެނިމޭޝަން ޑިޒައިން  
  • ކޮމްޕިއުޓަރ ގްރެފިކްސް އެންޑް މަލްޓިމީޑިއާ  
  • ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން  
  • ކްރިއޭޓިވް މީޑިއާ  
  • ޑިޒައިން  
  • ޑިޒައިން އެންޑް އެޑްވަޓައިޒިންގ  
  • ޑިޖިޓަލް އެންޑް އިންޓަރެކްޝަން ޑިޒައިން  
  • ޑިޖިޓަލް ޑިޒައިން  
  • ޑިޖިޓަލް މާކެޓިންގ  
  • ޑިޖިޓަލް މީޑިއާ ޑިޒައިން  
  • ގްރެފިކްސް އެންޑް މަލްޓިމީޑިއާ  
  • އިލުސްޓްރޭޝަން  
  • އިންޓަރެކްޝަން އެންޑް އެކްސްޕީރިއަންސް ޑިޒައިން  
  • މީޑިއާ ޑިޒައިން  
  • މީޑިއާ ސްޓަޑީޒް  
  • މަލްޓިމީޑިއާ ޑިޒައިން  
  • މަލްޓިމީޑިއާ ޕަބްލިކް ރިލޭޝަންސް  
  • މަލްޓިމީޑިއާ ޓެކްނޮލޮޖީ  
  • ވިޝުއަލް އާރޓްސް  
  • ވިޝުއަލް ޑިޒައިން  
  • ވިޝުއަލް އިފެކްޓްސް  

 

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  • ޕަބްލިކް ރިލޭޝަންސް / މަލްޓިމީޑިއާ / މީޑިއާ ކޮމިއުނިކޭޝަން / ކޮމްޕިއުޓަރ ގްރެފިކްސް އެންޑް މަލްޓިމީޑިއާ  

ނޯޓު:ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ގުޅޭ ވަޒީފާގެ ދާއިރާތައް

ޕަބްލިކް ރިލޭޝަންސް / ކޮމިއުނިކޭޝަންސް / މަލްޓިމީޑިއާ / ގްރެފިކް ޑިޒައިން

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް) ؛ ނުވަތަ

 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

 2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި ފެމިލީ ކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.) www.familycourt.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން  (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މާރކްސް

 

25

އަސާސީ ޝަރުޠު ހަމަވުން

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

15

އިމްތިހާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

30

އިންޓަރވިއު

100

ޖުމްލަ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި އިންޓަވިއު އޮންނާނީ، (2026 ސެޕްޓެމްބަރު 14 ން 2026 އޮކްޓޫބަރު 30) އާ ދެމެދު، ފެމިލީ ކޯޓު (ޖަސްޓިސް ބިލްޑިންގ) ނުވަތަ މިކޯޓުން ކަނޑައަޅާ ތަނެއްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ފެމިލީކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3340502 / 3340503) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

02 ސެޕްޓެންބަރު 2026