ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަދަރުސާއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އެޑްމިނިސްޓްރޭޓަރ |
މަޤާމުގެ ނަންބަރު: |
188-OD/22/2016/09 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ރޭންކް: |
އެމް. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މުސާރަ: |
-/7035 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/2500 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
- ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. - ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން: |
ދ. މާއެނބޫދޫ މަދަރުސާ |
ދާއިރާތައް: |
- އެކައުންޓިންގ - ފައިނޭންސް - ބިޒްނަސް އެޑްމިނިސްޓްރޭޝަން - މެނޭޖްމެންޓް - ސްކޫލް މެނޭޖްމެންޓް - ކިޔަވައިދިނުމުގެ ދާއިރާ - އިންފޮމޭޝަން ޓެކްނޮލޮޖީ - ހިއުމަން ރިސޯސް މެނޭޖްމެންޓް |
މަޤާމުގެ ޝަރުޠު: |
1. މަތީގައިވާ ދާއިރާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަތީގައިވާ ދާއިރާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. މަތީގައިވާ ދާއިރާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 4. މަތީގައިވާ ދާއިރާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
އިންޓަވިއު: |
މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލާއި، އިމްތިޙާނުކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްތަދު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
ސުންގަޑި: |
މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 22 ވާ ހޯމަދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، ފޯމާއެކު ހުށަހަޅަށްޖެހޭ އެންމެހައި ލިޔުންތައް، މާއެނބޫދޫ މަދަރުސާއަށް ހުށަހެޅުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7952919 ނަންބަރު ފޯނަށެވެ. އީ މެއިލް އެޑްރެހަކީ، [email protected] އެވެ. |
2 ޖުމާދަލްއޫލާ 1437