ތަމްރީނު
ނަންބަރު: (IUL)141-SD/141/2026/113
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 08:05
ސުންގަޑި: 30 ސެޕްޓެންބަރު 2026 14:00
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ދިވެހިރާއްޖެ
އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުން

                                       އިޢުލާން

އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުން

 އަރުތަ ޕްރޮގުރާމަކީ ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ފަންނީ ތަމްރީނާއި ތަޖުރިބާ ހޯދާދިނުމާއިއެކު ކުޅިވަރުގެ ދާއިރާއިން ހުނަރުވެރި މޮޅު އެތުލީޓުންތަކެއް އުފެއްދުމަށްޓަކައި ސަރުކާރުގެ ޚަރަދުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

 ވީމާ، 2027 ވަނަ އަހަރުގެ އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ އެތުލީޓުން، 30  ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއިއެކު މި މިނިސްޓްރިއަށް ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮގްރާމަށް އެތުލީޓުން ހޮވާނީ އަރުތަ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަށް ބިނާކޮށް، މިކަމަށް ޚާއްޞަކޮށްފައިވާ ކޮމިޓީއަކުން ބައިވެރިންގެ އެޕްލިކޭޝަން ފޯމުތައް އިވެލިއޭޓް ކުރުމަށްފަހުގައެވެ.

 އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމާއި، އަރުތަ ޕްރޮގްރާމުގެ ޤަވާޢިދު މި މިނިސްޓްރީގެ ވެބްސައިޓް  www.sports.gov.mv ގައި ޢާއްމުކޮށް ފެންނަން ހުންނާނެ ވާހަކަ ދެންނެވީމެވެ.

 އެޕްލިކޭޝަން ފޯމު ހުށަހަޅާނީ މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް މި  މިނިސްޓްރީގެ އީމެއިލް  [email protected]  އަށެވެ.

01 ސެޕްޓެންބަރު 2026