ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)364-CAS/364/2026/71
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި:
02 ސެޕްޓެންބަރު 2026 11:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސައިގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ސައިގެޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން:
މުލަކު އ.ތ.މ ކޮމިޓީގެ ވިޔަވަތި މައުރަޒު 2026 އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދެވޭ ސައިފޮދު ތައްޔާރުކޮށް، އެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކުން 02 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ސަމާލުކަމަށް:
- ޖީ.އެސް.ޓީ: ޖީ.އެސް.ޓީ ނަންގަވާ ތަންތަނުން އަގު ހުށަހަޅުއްވާއިރު، ޖީ.އެސް.ޓީ ހިމަނައިގެން އަގު ބަޔާންކުރެއްވުން އެދެމެވެ.
- މަޢުލޫމާތު ކަރުދާސް: އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ މިކަމާ ގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކަށް ރިޢާޔަތްކޮށެވެ.
- އެޑްރެސްކުރުން: ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ "މ. މުލަކު ކައުންސިލްގެ އިދާރާ" އަށެވެ.
01 ސެޕްޓެންބަރު 2026