ދިވެހިރާއްޖެ
އިޢުލާން
ދައުލަތުގެ މުދާ އެއްއޮފީހުން އަނެއްއޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިޔުމާއި ނައްތައިލުމުގައި ޢަމަލުކުރާނެ އުޞޫލު، ގަވާއިދު ނަންބަރ: 2023/R-158ގެ ދަށުން އައްޑޫސިޓީ ކައުންސިލް އިދާރާގައި ހުރި ބައެއްތަކެތި ނީލަންކިޔަން ހަމަޖެހިފައިވާތީ، އެތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ، މިޢިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ލިސްޓުގައިވާ ތަކެތި ބޭނުންފުޅުވާ ދައުލަތުގެ އޮފީސްތަކުން 08 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި މިދަންނަވާ އީމެއިލް އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި މުދައު ބައްލަވަން ބޭނުންވާ އޮފީސްތަކުން، ކައުންސިލް އިދާރާއަށް ވަޑައިގަތުމުން، ބޭނުންވާ ތަކެތީގެ ހާލަތު ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.
އީމެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
18 ރަބީޢުލްއައްވަލް 1448
31 އޯގަސްޓް 2026