ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-169/IU/2016/06
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 18 ފެބުރުވަރީ 2016 14:00
ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ކައުންސެލަރ

ބޭނުންވާ އަދަދު: 1

މުސާރަ : -/5610 ރ (މަހަކު)

ކުލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:އެމް.އެސް.1

ސަރވިސް އެލަވަންސް: -/2000ރ (މަހަކު)

އިނާޔަތްތައް: ސިވިލް ސަރވިސް މުވައްޒަފުންނަށް ދޭ އިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ އިނާޔަތް ފަދަ) ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

- ދަރިވަރުންނަށް ކައުންސެލިންގ ދިނުމާއި މިފަދަ ކުދީންގެ ރެކޯޑުތައް ބެލެހެއްޓުން.

- މުޖުތަޢުގައި ހުންނަ ބައެއް މައްސަލަތަކާ ގުޅޭގޮތުން ދަރިވަރުންނަށް ސެޝަންތައް ނެގުން.

- ދަރިވަރުންގެ އަޚުލާޤު ރަނގަޅުކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

- ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކަންތައްތަކުގައި އެހީތެރިވުމާއި، އެފަދަ މައްސަލަތައް ހުންނަ ދަރިވަރުންގެ މަޢުލޫމާތު ކަމާބެހޭ ޓީޗަރުންނާ ހިއްސާކޮށް އެފަދަ ދަރިވަރުން މުޖުތަޢަށް ފައިދާހުރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުން.

- ގްރޭޑް 6 ން 9 އާ ދެމެދުގެ ދަރިވަރުންނަށް ލައިފް ސްކިލްސް ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން.

- ސްކޫލުގެ ހުރިހާ ދަރިވަރުންނަކީ ނަފުސާނީ ދުޅަހެޔޮ ކުދީންނަށް ހެދުމަށް އެކަށޭނަ ޕްރޮގްރާމްތައް ރާވައި ހިންގުން.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ސެކްޝަން:

ފ.ބިލެތްދޫ ސްކޫލް، އެކަޑަމިކް ސެކްޝަން (ސްޕަވައިޒަރސްރޫމް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކަށެވެ. މިމިންގަނޑުތަކާއި އުސޫލުތައް ސިވިލް ސަރވިސްގެ ވެބްސައިޓް: www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މިގޮތުން މަޤާމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލު ފަރާތް ކަމުގައި ކަނޑައަޅައިގެންނެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު (އިންޓަރވިއުކޮށްގެން ބަލައި ކަށަވަރުކުރާބައި)

އިންޓަރވިއު ކުރުން:

އިންޓަރވިއު އޮންނަ ތަނާއި ގަޑި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

- ސިވިލް ސާވިސް ވަޒީފާ އަށް އެދޭ ފޯމު. (މިފޯމު މި ސްކޫލުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓު (www.csc.gov.mv) އިން ލިބެން ހުންނާނެ)

- ލިބިފައިވަ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޓިޑްކޮށް އަސްލާ އެއްގޮތަކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (އަސްލާ އެއްގޮތަކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު." (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މިފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

- ހުށަހަޅާ ލިޔުންތަކުގެ ލިސްޓު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދިިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިން ސްކޫލް އޮފީހަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު:

މިމަޤާމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ބިލެތްދޫ ސްކޫލުގެ 7952913 ނަންބަރު ފޯނާއެވެ.

10 ފެބުރުވަރީ 2016