ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކޮންމެ ރަށަކުންވެސް އެރަށެއްގައި ދުއްވާ އެއްގަމު އަދި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރެއް އެކުލަވާލަން ޖެހެއެވެ. އެހެންކަމުން، މިރަށުގައި ދުއްވާ އެއްގަމު އަދި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރުގައި ހިމެނުމަށްޓަކައި މި އިޢުލާނާއެކު ޢާންމުކޮށްފައިވާ ފޯމު ފުރުމަށްފަހު ފޯމާއެކު އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީއަކާއި އުޅަނދުގެ ވެރިފަރާތުގެ އައިޑީކާޑުގެ ކޮފީ، 24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ހުށަހެޅުއްވުން ނުވަތަ މި އިދާރާގެ މެއިލް[email protected] އަށް މެއިލް ކުރުމަށް ދަންނަވަމެވެ. އުޅަނދު ފަހަރު ދަފްތަރުގައި ހިމެނުމަށް އެދޭ ފޯމް ކައުންސިލްގެ އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެވެ. މީގެ އިތުރުން، ދަފްތަރު އެކުލަވާލުމަށްފަހު ރަށަށް އަލަށް ގެންނަ އުޅަނދުތަކާއި ރަށުން ގެންދާ އުޅަނދުތަކުގެ މައުލޫމާތުވެސް ޤަވައިދުން ކައުންސިލާއި ހިއްސާ ކުރަމުން ގެންދިއުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.