ދެންނެވުން
ނަންބަރު: (IUL)308/2026/41
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:20
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އުފުލަންދޫން ހުއްދަ ނެތި ތަކެތި ބޭރުކުރުމާއި އަރާފޭބުން
މިހާރަކަށް އައިސް ކައުންސިލްގެ ހުއްދަ ނެތި އުފުލަންދޫން މިދިލި އޮށާއި، ފަނާއި، ދަރާއި، ކާށްޓާއި، ކަށިކޭލާއި މިނޫންވެސް ތަކެތި ބޭރުކުރާކަންވަނީ ފާހަގަކުރެވިފައެވެ. އަދި ކައުންސިލަށް ރިޕޯޓްނުކޮށް ދަތުރުދާކަންވެސްވަނީ ފާހަގަކުރެވިފައެވެ. ބުނެވިދިޔަ ކަންކަމަކީ އުފުލަންދޫ ބެލެހެއްޓުމުގެ އުސޫލުގައި ހުއްދަ ހޯދުމަށް ބަޔާންކޮށްފައިވާ ކަންކަމެވެ.
ވީމާ، ކައުންސިލްގެ ހުއްދަނެތި މިދެންނެވި ކަންކަން ނުކުރުމަށް އެންމެހާ ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި އުސޫލާއި ޚިލާފަށް މިކަންކަން ތަކުރާރުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެވާހަކަވެސް ދަންނަވަމެވެ.
01 ސެޕްޓެންބަރު 2026