ނީލަން
ނަންބަރު: (IUL)336/336/2026/41
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 08 ސެޕްޓެންބަރު 2026 09:30
މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގައި ހުރި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

މިކައުންސިލްގައި ހުރި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔުމާއި ގުޅޭ:

މިކައުންސިލް އިދާރާގައި ބައުވެ ހަލާކުވެފައި ހުރި ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މިނީލަމާއި ގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

1. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަން: ކ.ގުޅީ ކައުންސިލް ބޮޑު ގުދަން

2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 08 ސެޕްޓެންބަރު 2026 ވަނަ ދުވަހުގެ 09:30 ގައި (ކައުންސިލް ބޮޑު ގުދަން)

3. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ޢުޞޫލު: ދުވަހުގެ ނީލަމުގައި

4. ނީލަން ކިޔާނީ ޙާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.

5. ނީލަން ނިމޭތާ 3 ދުވަސްތެރޭގައި ނީލަން ލިބުނުފަރާތްތަކުން ފައިސާ ދައްކަންވާނެއެވެ.

6. ނީލަމުން ތަކެތި ނަގާ ފަރާތްތަކުން ފައިސާ ދައްކާ ނިންމުމަށްފަހު ނީލަން ކިޔޭތާ 3 ދުވަސް ތެރޭގައި ތަކެތި ގެންދަންވާނެއެވެ.

މިނީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ ނަންބަރު 6640068 ނުވަތަ 7880141 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މިނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

01 ސެޕްޓެންބަރު 2026