ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2026/48
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:40
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުން ފަން ކެނޑައި ކޮށުމާއި ގުޅޭ.

ރުއްގަހުން ފަން ކެނޑައި ކޮށުމާއި ގުޅޭ.

                  އެމީހެއްގެ އަމިއްލަ ރުއްގަސް ފިޔަވާ، އެހެން މީހުންގެ ރުއްގަހުން، އެރުއްގަހުގެ ވެރިފަރާތުގެ ހުއްދަނެތިއާއި، ބަނޑާރަ ރުއްގަހުން މި ކައުންސިލްގެ ހުއްދަނެތި ފަން ކެނޑުމާއި ކޮށުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. ހުއްދަނެތި އެހެން މީހުންގެ ރުއްގަހުންނާއި، ބަނޑާރަ ރުއްގަހުން ފަންކަޑައި ނުވަތަ ކޮށައިފިނަމަ  ތިރީގަވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

1)      އެހެން މީހުންގެ ރުއްގަހުންނާއި ބަނޑާރަ ރުއްގަހުން ހުއްދަނެތި ފަން ކަނޑާ ނުވަތަ ކޮށައިފިނަމަ ފުރަތަމަފަހަރު އަނގަބަހުން ނަސޭހަތް ދިނުން.

2)      އެހެން މީހުންގެ ރުއްގަހުންނާއި ބަނޑާރަ ރުއްގަހުން ހުއްދަނެތި ފަން ކަނޑާ ނުވަތަ ކޮށާ ދެވަނަ ފަހަރު 500.00ރ (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރުން. އަދި މީގެ އިތުރަށް ކުށް ތަކްރާރުކުރާ ކޮންމެ ފަހަރަކު 1000.00ރ (އެއްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުން.

            މިކަން ތަންފީޒު ކުރުމަށްޓަކައި އާއްމު ރައްޔިތުންގެ އެއްބާރުލުން ކައުންސިލަށް ބޭނުންވާތީ، އެހެން މީހުންގެ ރުއްގަހުންނާއި ބަނޑާރަ ރުއްގަހުން ފަން ކަޑާ އަދި ކޮށާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރުމަކީ މިކައުންސިލުން އެދޭ ކަމެއް ކަމުގައި ދަންނަވަމެވެ.

            ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.  

01 ސެޕްޓެންބަރު 2026