ދިވެހިރާއްޖެ
މިކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް، މިކޯޓު އިމާރާތުގެ އުތުރު ފެންޑާ ވެއިޓިންގ އޭރިޔާއަކަށް ބަދަލުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ 11:00 ގެ ކުރިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަންގައި މިމަސައްކަތް ކުރެވޭނެ އަގާއި މުއްދަތު ހިމެނިފައި އޮންނަންވާނެއެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6580616 ނުވަތަ 7349170 އާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.