ދިވެހިރާއްޖެ
ށ.ޅައިމަގު މެޖިސްޓްރޭޓް ކޯޓަށް، ކޯޓް ރޫމް އިތުރުކުރުމާއި، ރިސެޕްޝަން ހެދުމާއި، އިތުރު މަރާތުތައް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން.
ށ.ޅައިމަގު މެޖިސްޓްރޭޓް ކޯޓަށް، ކޯޓް ރޫމް އިތުރުކުރުމާއި، ރިސެޕްޝަން ހެދުމާއި، އިތުރު މަރާތުތައް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 11:00 އަށް ށ.ޅައިމަގު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6540560 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 14 ސެޕްޓެމްބަރ 2026
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.ޅައިމަގު މެޖިސްޓްރޭޓް ކޯޓް
1 ސެޕްޓެމްބަރ 2026