ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-169/IU/2016/08
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 18 ފެބުރުވަރީ 2016 14:00
ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާުް: މަސައްކަތު

މުސާރަ: -/3100 ރ (މަހަކު)

ބޭނުންވާ އަދަދު: 01   

ސަރވިސް އެލަވަންސް: -/1000ރ (މަހަކު)

ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރޭންކް: އެސް.އެސް.1

ގިންތި: ދާއިމީ

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ސްކޫލުގައި ކުރެވޭ އެކިއެކި މަރާމާތުތައް ކުރުން.

- އިމާރާތްތަކުގެ ފުރާޅުތަކާއި ދިޔަދޮވިތައް ސާފުކުރުން.

- ސްކޫލުން ހަވާލުކުރާ ތަންތަން ފޮޅައި ސާފުކޮށް ބެލެހެއްޓުން.

- ގޯތިތެރެއާއި މަގުމަތި ސަރަޙައްދުގެ ކުނި ނަގައި ވިނަ ނޮޅައި ސާފުކުރުން

- ސްކޫލް އޮފީސް، ސްޓާފްރޫމް، އެކަޑަމިކް ސެކްޝަން، ކޮމްޕިޔުޓަރ ލެބް، ލައިބްރަރީ އަދި ފާޚާނާގެ ތެރެއިން ހަވާލުކުރެވިފައިވާ ތަންތަނާއި އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސް ފޮޅައި ސާފުކުރުން.

- ބައްދަލުވުންތަކަށް ހޯލު ރޭވުން.

ސްޕަވައިޒަރުންނާއި ޓީޗަރުންނަށް ދަންނަވައި، ސްކޫލުގެ ކިޔަވައިދިނުމާ ގުޅުން ހުރިކަންތައްތައް ކުރުން.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ސެކްޝަން:

ބިލެތްދޫ ސްކޫލް، ފ.ބިލެތްދޫ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު އަދި ތަޖުރިބާ

- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ކުރެވޭ އިންޓަރވިއު.

އިންޓަރވިއު ކުރުން:

އިންޓަރވިއު އޮންނަ ތަނާއި ގަޑި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 03 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. (މިފޯމު މި ސްކޫލުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓު (www.csc.gov.mv) ން ލިބެން ހުންނާނެ)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޓިޑްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު).

4- ތަޖުރިބާއެއް ލިބިފައިވާނަމަ އެކަން ސާބިތުކުރުމަށް އެތަނަކުން ނުވަތަ އެ އޮފީހަކުން ދީފައިވާ ލިޔުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު).

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު).

6- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 18 ފެބުރުވަރީ 2016 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންް ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު:

މިމަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 7952913 ނަންބަރު ފޯނާއެވެ.

10 ފެބުރުވަރީ 2016