މުބާރާތް
ނަންބަރު: (IUL)350-SA/350/2026/31
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 23:17
ސުންގަޑި: 14 ސެޕްޓެންބަރު 2026 13:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އދ.މަހިބަދޫ ކައުންސިލް އިދާރާގެ ލޯގޯ، ބްރޭންޑިންގ ކިޓް ފަރުމާކުރުމުގެ މުބާރާތް

އދ.މަހިބަދޫ ކައުންސިލްގެ ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުން ކުރުމަށާއި، ކައުންސިލުން ރާވާ ހިންގާ އެކިއެކި ޙަރަކާތްތަކާއި، ރަސްމިއްޔާތުތަކާއި، ބައިވެރިވާ ޙަރަކާތްތަކުގައި ބޭނުންކުރުމަށް ލޯގޯ އަދި ބްރޭންޑިންގ ކިޓް ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވައިލަމެވެ. މުބާރާތާއި ގުޅިގެން ހުށަހެޅޭ ޑިޒައިންތަކުގެތެރެއިން އެއްވަނައަށް ހޮވޭ ޑިޒައިނަކަށް 20,000/- (ވިހި ހާސް ރުފިޔާ)ގެ ފައިސާ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަކީ 14 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 އެވެ. ޑިޒައިން ހުށަހަޅާނީ އީ.މެއިލް މެދުވެރިކޮށެވެ. އީ-މެއިލް ފޮނުވާނީ [email protected]އަށެވެ. މި މުބާރާތާއި ގުޅޭ މަޢުލޫމާތު އަދި ޑިޒައިން ހުށަހަޅަންޖެހޭ ގޮތުގެ ތަފްޞީލް މިއިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.  މަސައްކަތާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާ ނަމަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 13:30 އަށް 6680773 މި ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

31 އޮގަސްޓް 2026