ދިވެހިރާއްޖެ
ނަމްބަރ:(IUL)252/252/2026/135
އިޢުލާން
ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "މަދަހަ މުބާރާތް 2026" ރާވައި ހިންގައިދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "މަދަހަ މުބާރާތް 2026" ރާވައި ހިންގައިދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއިބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ރަޖިސްޓްރޭޝަން ފޯމް: https://docs.google.com/forms/d/e/1FAIpQLSee7ufXkf4F_0iCElWnT0-kxC-kqk-8f-Eq8uTopR4k4MTKXg/viewform?usp=pp_url
|
ބީލަން ރަޖިސްޓްރީ ކުރުން |
09 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 13:30 ގެކުރިން |
|
މައުލޫމާތު ދިނުމުގެ ބައްދަލުވުން |
ބޭއްވުމަށް ހަމަޖެހިފައިނުވޭ |
|
ޕްރޮޕޯޒަލް ބަލައިގަތުން |
10 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 13:30 ގެކުރިން |
|
ޕްރޮޕޯޒަލްތައް ހުޅުވުން |
10 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 13:35 ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި |
ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބީލަން ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500353/6500354 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
18 ރަބީޢުލްއައްވަލް 1448ހ
31 އޮގަސްޓް 2026މ