މަސައްކަތް
ނަންބަރު: (IUL)365-MIM/365/2026/76
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 20:38
ސުންގަޑި: 02 ސެޕްޓެންބަރު 2026 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މުލީގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ"

އިޢުލާނު

 

"މުލީގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ"

މި ރަށުގައި ޤާއިމްކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލަމެވެ. މި ކަމަށް އެދި ހުށަހެޅޭނީ، ޤާނޫނު ނަންބަރ: 2014/19 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކަށެވެ.

ބީލަން ހުށަހެޅުމަށް، ފުރިހަމަ ކުރައްވަންޖެހޭ ރަޖިސްޓްރޭޝަން ފޯމު، މި އިޢުލާނާއެކު ޢާއްމު ކުރެވިފައިވާނެއެވެ. އަދި އެފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް މިއަދުންފެށިގެން 2026 ސެޕްޓެމްބަރ 02 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމް މިދެންނެވި މުއްދަތުގައި، މި އިދާރާގެ އީމެއިލް ([email protected]) އަށް ފޮނުއްވުމުންވެސް ބަލައިގަންނާނެއެވެ.

 ރަޖިސްޓްރޭޝަން ފޯމު ހުށަހެޅި ފަރާތްތަކަށް، މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ދިނުން އޮންނާނީ 2026 ސެޕްޓެމްބަރ 03 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13.00ގައި މި އިދާރާގައެވެ. މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން އޮންނާނީ، 2026 އޮގަސްޓު 07 ވާ ހޯމަ ދުވަހުގެ 11:30ގައި މި އިދާރާގައެވެ. ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން (މުލީގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ) އާއި ހުށައަޅަން ކަޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

އިވެލުއޭޝަން ކްރައިޓީރިއާ

  • މަސައްކަތްކުރުމަށް ހުށައަޅާ އަގު: 70%(ހަތްދިހަ) ޕޮއިންޓް ( އެއްމެ ކުޑައަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތް ނިންމާނެ މުއްދަތު : 20% (ވިހި) ޕޮއިންޓް ( އެއްމެ ކުރު މުއްދަތު ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތު ތަޖުރިބާ: 10% (ފަހެއް) ޕޮއިންޓް (ކޮންސްޓްރަކްޝަން މަސައްކަތްތަކަށް / ހުށަހަޅާ ކޮންމެ މަސައްކަތަކަށް ދެވޭނީ 2 ޕޮއިންޓް)

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

31 އޮގަސްޓް 2026