ދިވެހިރާއްޖެ
މިކޯޓުގެ ދިދަދަނޑި ޖެހުމުގެ މަސައްކަތް
މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ ދިދަދަނޑި ޖަހައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިއުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި މަސައްކަތް ކޮށްދޭނެ އަގު އަދި މުއްދަތު އެނގޭނެގޮތަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ. މިމަސައްކަތް ކުރުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރ 03 ވަނަ ދުވަހުގެ 13:30 ގެ ކުރިންނެވެ. އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހަޅާނަމަ[email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑީގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.