ކުއްޔަށް ހިފުން
ނަންބަރު: (IUL)H12-HC/H12-HC/2026/52
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 13 ސެޕްޓެންބަރު 2026 13:00
މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޕާރޓްމަންޓެއް ކުއްޔައް ހިފަން ބޭނުންވެއްޖެ

އެޕާރޓްމަންޓެއް ކުއްޔައް ހިފުން

 

އިޢުލާން

އެޕާރޓްމަންޓެއް ކުއްޔައް ހިފަން ބޭނުންވެއްޖެ:

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު:                 

            ކ.މާފުށީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށްޓަކާ 01 ކޮޓަރީގެ 04 އެޕާޓްމެންޓެއް 02 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްހިފަން ބޭނުންވެއެވެ.

            ވީމާ، މިފަދަތަނެއް ކުއްޔައް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި ހޮސްޕިޓަލްގެ އީ-މެއިލް [email protected] އަށް މެއިލް ކުރުން އެދެމެވެ. ނުވަތަ މި ހޮސްޕިޓަލުގެ އޮފީހަށް ފޯމް ހުށަހެޅުން އެދެމެވެ.  

            ބީލަން ރެޖިސްޓްރީ ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 08 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ޕްރީބިޑް ނޯންނާނެ ކަމަށް ދަންނަވަމެވެ.

           ބީލަން ހުޅުވުން އޮންނާނީ 13 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި ހޮސްޕިޓަލުގެ މީޓިންގ ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވަނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްތަކައި ދަންނަވަމެވެ.

            ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

             އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް މި ހޮސްޕިޓަލުގެ ނަންބަރު 6640107 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

31 އޮގަސްޓް 2026

31 އޮގަސްޓް 2026