ދިވެހިރާއްޖެ
ނަންބަރު: 258/258/2026/69(IUL)
އިޢުލާން
ހަނިމާދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންޓަނާ ކުއްޔަށްދިނުމާއި ގުޅޭ.
ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެންޓަނާ 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މި ކައުންސިލުގެ 05 ވަނަ ދައުރުގެ 07 ވަނަ އާންމު ޖަލްސާއިން ނިންމުމާއި ގުޅިގެން، މިއިދާރާއިން 18 އޮގަސްޓް 2026 ވަނަ ދުވަހު ކުރެވުނު ނަމްބަރ (IUL)258/258/2026/68 އިޢުލާނުގައި ކުށެއް ފާހަގަކުރެވިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ އުތުރުއަވަށުގައިވާ އެންޓަނާ 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
|
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
|
މަޢުލޫމާތު ސާފުކުރުން |
08 ސެޕްޓެމްބަރ 2026 (އަންގާރަ ދުވަސް) |
ހެނދުނު 11:00 |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
20 ސެޕްޓެމްބަރ 2026 (އާދީއްތަ ދުވަސް) |
ހެނދުނު 11:00 |
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: [email protected]
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
18 ރަބީޢުލް އައްވަލް 1448
31 އޮގަސްޓް 2026