މަސައްކަތް
ނަންބަރު: (IUL)88-PRO/88/2026/148
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 10 ސެޕްޓެންބަރު 2026 10:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - މޯލްޑިވްސް ވިޒިޓަރ ސާރވޭ 2026

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން ކުރިއަށްގެންދާ މޯލްޑިވްސް ވިޒިޓަރ ސާރވޭ 2026، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއިމެދު ފަތުރުވެރިން ދެކޭ ގޮތާއި ތަޖުރިބާތައް އެއްކުރުމަށް ހިންގާ ސަރވޭގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަމުގެ ވެލިޑިޓީގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ހަރަކާތް

ތާރީޚް

ގަޑި

ތަން

ބީލަން ހުށަހެޅުން/ހުޅުވުން

10 ސެޕްޓެންބަރު 2026 (ބުރާސްފަތި)

10:00

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2026 ސެޕްޓެންބަރު 08 ވާ އަންގާރަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

31 އޮގަސްޓް 2026