ޢާންމު މަޢުލޫމާތު
ނަންބަރު: WDPA-ID-55556579/2026/V4
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:34
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ 'ސައުތުއަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ)' ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އެކުލަވާލާފައިވާ ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭން އަށް 3 ވަނަ އިޞްލާޙު ގެނައުން
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 5 ޖޫން 2009 ގައި، ޙިމާޔަތްކޮށްފައިވާ 'ސައުތުއަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ)' ގެ ދިރުންތަކާއި ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް މި މިނިސްޓްރީން 1 ފެބުރުވަރީ 2025 ގެޒެޓްކޮށްފައިވާ 'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭން'ގެ ތިން ވަނަ އިޞްލާޙު މިއިޢުލާނާއެކު ގެޒެޓްކޮށް، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
31 އޮގަސްޓް 2026