ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2026/29
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 15 އޮކްޓޫބަރު 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަންދޫ ކައުންސިލްގެ 6 ވަނަ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއިބެހޭ:

ލަންދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމާއި، ތަޖުވީދުގެ ހަމަތަކުގެ މަތިން ކީރިތި ޤުރުއާން އުނގެނުމާއި އުނގަންނައި ދިނުމާއި، ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލުކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމުގެ އިތުރުން، ރަށާ، އަތޮޅާއި އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި މިރަށުން ފެންވަރު ރަނގަޅު ދަރިވަރުންތަކެއް ބައިވެރިކުރުމުގެ މަޤްޞަދުގައި ބާއްވާ، ލަންދޫ ކައުންސިލްގެ 6 ވަނަ "ރަންތަރި ޤުރުއާން މުބާރާތް 2026" އަންނަ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު މިރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރަށުން ބޭރުގައި ދިރިއުޅޭ، ލަންދޫގެ ރަށްވެހިންނަށްވެސް ބައިވެރިވެވޭ ގޮތަށް، ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތުގައި ބައިވެރިކުރެވޭނެ އުމުރުފުރާތަކާއި، މުޤައްރަރު ތިރީގައި އެވަނީއެވެ.

                    ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމްގެ ލިންކް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މުބާރާތުގެ ޤަވާޢިދު މިކައުންސިލުގެ ނޯޓިސް ބޯޑުންނާއި ކައުންސިލުގެ ފޭސްބުކް ޕޭޖުގައި ޢާއްމުކުރެވިފައި ވާނެއެވެ.

 މުބާރާތުގެ މުޤައްރަރާއި، އުމުރުފުރާ:

ޢުމުރުފުރާ

ބަލައިގެން

ނުބަލައި

 

6 އަހަރުން ދަށް

ޢަޞްރު ސޫރަތުން ފެށިގެން ނާސިއަށް

ޤުރައިޝް ސޫރަތުން ފެށިގެން ނާސިއަށް

 

7 އަހަރުން ދަށް

ޟުޙާ ސޫރަތުން ފެށިގެން ނާސިއަށް

ޢަޞްރު ސޫރަތުން ފެށިގެން ނާސިއަށް

 

8 އަހަރުން ދަށް

ޝަމްސު ސޫރަތުން ފެށިގެން ނާސިއަށް

ޟުޙާ ސޫރަތުން ފެށިގެން ނާސިއަށް

 

ބަޤަރާ ސޫރަތުގެ 1 ވަނަ އާޔަތުން 24 ވަނަ އާޔަތަށް.

 

10 އަހަރުން ދަށް

ނަބައި ސޫރަތުން ފެށިގެން ނާސިއަށް

އަޢުލާ ސޫރަތުން ފެށިގެން ނާސިއަށް

 

ބަޤަރާ ސޫރަތުގެ 1 ވަނަ އާޔަތުން 48 ވަނަ އާޔަތުގެ ނިޔަލަށް.

 

ބަޤަރާ ސޫރަތުގެ 1 ވަނަ އާޔަތުން 83 ވަނަ އާޔަތަށް.

 

12 އަހަރުން ދަށް

2 ފޮތް

އިންޝިޤާޤު ސޫރަތުން ނާސި ސޫރަތަށް

 

ބަޤަރާ ސޫރަތުގެ 1 ވަނަ އާޔަތުން 83 ވަނަ އާޔަތަށް.

 

14 އަހަރުން ދަށް

6 ފޮތް

ތަކްވީރު ސޫރަތުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް.

 

ބަޤަރާ ސޫރަތުގެ 1 ވަނަ އާޔަތުން 112 ވަނަ އާޔަތަށް.

 

16 އަހަރުން ދަށް

10 ފޮތް

30 ވަނަ ފޮތް

 

1 ވަނަ ފޮތް

 

20 އަހަރުން ދަށް

15 ފޮތް

30 ވަނަ ފޮތް

 

1 ވަނަ ފޮތް

 

26 އަހަރުން ދަށް

20 ފޮތް

30 ވަނަ ފޮތް

 

1 ވަނަ ފޮތް

 

26 އަހަރުން މަތި

މުޅި ޤުރްއާން

30 ވަނަ ފޮތް

 

1 ވަނަ ފޮތް

 

 ފޯމް ލިންކް:  https://forms.cloud.microsoft/r/ib7Kt30xYJ?origin=lprLink

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                  

31 އޮގަސްޓް 2026