ދިވެހިރާއްޖެ
އިޢުލާން
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރަކު ހޯދުން
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ރަށު ކައުންސިލްތައް މެދުވެރިކޮށް ދިނުމުގެ ފުރުސަތު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލާފައިވާތީ، މި ކައުންސިލުން ދޭ ދުއްވުމުގެ އިމްތިޙާނުތައް ކުރިއަށްގެންދިޔުމަށްޓަކައި އެގްޒަމިނަރަކު ބޭނުންވެގެން ކުރި ނަންބަރު: (IUL)393/393/2026/55 (20 އޮގަސްޓް 2026) އިޢުލާނާ ގުޅިގެން އެއްވެސްފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ޝަރުޠުތައް:
- ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތަކުގެ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގިފަހުން، މަދުވެގެން 1 (އެކެއް) އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ކޮޕީ
- ނިޔަމިކަމުގެ ސަނަދުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
18 ރަބީޢުލްއައްވަލް 1448 ހ