ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީން 4 ފެބުރުވަރީ 2016 ގައި ކުރި ޢިއުލާނު ނަންބަރު IUL)22-D/1/2016/16) ގައިވާ މަޤާމުގެ ރޭންކް އިޞްލާޙުކުރުމަށްޓަކައި އެ އިޢުލާނު ބާޠިލު ކުރެވިފައިވާކަމުގައި ދަންނަވަމެވެ.
މަޤާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
ރޭންކް: އެމް.އެސް. 1
ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1
މުސާރަ: -/5610 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ޕްރޮޓޮކޯލް ޔުނިޓް، މިނިސްޓަރޒް ބިއުރޯ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މިނިސްޓަރ، ރައްޔިތުންގެ މަޖިލީހަށް ޖަވަބުދާރީވުމަށް ބޭނުންވާ މަޢުލޫމާތުތައް ހޯދައި، ތައްޔާރުކުރުމުގައި އެހީވުން
- މިނިސްޓަރ، އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އެއްކުރަންޖެހޭ މަޢުލޫމާތުތައް އެއްކޮށް، ތައްޔާރުކޮށް، ފައިލްކޮށް، ބެލެހެއްޓުމުގައި އެހީވުން
- އެކިއެކި މުނާސަބަތުތަކާއި ޖަލްސާތަކުގައި މިނިސްޓަރ ދެއްވާ ސްޕީޗްތަކާއި ޚިތާބުތައް ތައްޔާރުކޮށް، ފައިލްކޮށް، ބެލެހެއްޓުމުގައި އެހީވުން
- އެކިއެކި މުނާސަބަތުތަކާ ގުޅިގެން މިނިސްޓަރގެ ނަންފުޅުގައި ފޮނުވާ ތަހުނިޔާ ކާޑު/ސިޓީ/މެސެޖް ތައްޔާރުކޮށް، ފޮނުވުމުގައި އެހީވުން
- ޔުނިޓްގެ އެންޓްރީ ބެލެހެއްޓުން
- ޔުނިޓްގެ ލިޔެކިޔުން ފައިލުކުރުން
ޝަރުޠު:
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަރވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 24 ފެބުރުވަރީ 2016 – 31 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
ށ- ސިވިލް ސާރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ. (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 23 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 ފޯނަށް ގުޅުއްވުން އެދެމެވެ.
1 ޖުމާދަލްއޫލާ 1437