ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރެކްޓްކޮށް މަސައްކަތް ކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ
މި މިނިސްޓްރީގެ އެޑިޔުކޭޝަނަލް ސުޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަންގައި އާރލީ ރިސްކް އެސެސްމެންޓްގެ މަސައްކަތާއި ގްރޭޑް 1 ގެ ހެލްތު ސްކްރީނިންގ މަސައްކަތްތަކުގެ ޑޭޓާ އެންޓަރ ކުރުމަށްޓަކައި 3 މަސް ދުވަހުގެ މުއްދަތަށް މަސައްކަތް ކޮށްދޭނެ، ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ 2 ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް (ކޮންމެ 6 ގަޑިއިރަކަށް) -/296 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. ޢާންމުގޮތެއްގައި، މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑި (ހެނދުނު 08:00 އިން 14:00 އަށް) ގައެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާ އިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސެޓުފިކެޓުގެ 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
އިންޓަރވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 24 ފެބުރުވަރީ 2016 - 31 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި، ވެލާނާގޭގެ 8 ވަނަ ފަންގިފިލާގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.
ވީމާ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަޒީފާ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ، އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއެކު، ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 ފޯނަށް ގުޅުއްވުން އެދެމެވެ.
- މަސައްކަތްތައް ފަރުވާ ބަހައްޓައިގެން ކުރާނަމަ، ކޮންޓްރެކްޓް މުއްދަތު އިތުރު ކުރެވޭނެކަމުގައި ދަންނަވަމެވެ.
1 ޖުމާދަލްއޫލާ 1437