މަސައްކަތް
ނަންބަރު: (IUL)1139-CCD/1139/2026/158
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 10 ސެޕްޓެންބަރު 2026 11:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'އެޑްވާންސިންގ ދަ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން (ނެޕް) އޮފް މޯލްޑިވްސް' ޕްރޮޖެކްޓަށް ޖެންޑަރ އެކްސްޕާރޓެއް ހޯދުމަށް

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު

އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)

މި މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން 'އެޑްވާންސިންގ ދަ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން (ނެޕް) އޮފް މޯލްޑިވްސް"  ނަމުގައި މަސައްކަތެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. މި ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްތަކުގައި ޖެންޑަރ އިކުއިލިޓީ އާއި ގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަށްބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ. 

މި މަސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ޔުނައިޓެޑް ނޭޝަންސް ޕްރޮކިއުމަންޓް މެނުއަލް" (DOS/20220.9) (30 ޖޫން 2020) ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

 

ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަދި ވެލިޑިޓީ

ޕްރޮޕޯސަލް ހުށަހަޅާނީ 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހު 11:00ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ތިރީގައި ބަޔާންކޮށްފައިވާ މެއިލްއެޑްރެހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އީ-މެއިލްގައި ކޮންސަލްޓަންސީގެ ނަން، ހުށަހަޅާ ފަރާތުގެ ނަން، އީ-މެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް މުއްދަތުގެ ގޮތުގައި ޕްރޮޕޯސަލް ހުށަހަޅާ ތާރީހުން ފެށިގެން  90  ދުވަސް އޮންނަންވާނެއެވެ.

 

ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ އީ-މެއިލް މެދުވެރިކޮށް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

"Subject : Proposal for the “Consultancy Service for Gender Expert (National) - (IUL)1139-CCD/1139/2026/158

 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް،

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

ދަރުބާރުގެ، މާލެ، 20244، ދިވެހިރާއްޖެ

އީމެއިލް: [email protected]

އީމެއިލް ކޮޕީ: [email protected]

ވެބްސައިޓް: www.environment.gov.mv

އިޢުލާނު ނަންބަރު: (IUL)1139-CCD/1139/2026/158

ހުށަހެޅީ؛

(ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް)
 

ނޯޓް:

މި އިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

31 އޮގަސްޓް 2026