ދިވެހިރާއްޖެ
ޢިއުލާން
އިޖުތިމާޢީ ސަރަހައްދު ސާފުކުރުމާއި ބެހޭ
މިހާރު ސާފުކުރަމުންދާ އިޖްތިމާޢީ ސަރަހައްދުގެ ތެރެއިން 5 ގޮޅި ދޫކޮށްލުމާއިގުޅިގެން، ތިރީގައި ލިސްޓުކޮއްފައިވާ ގޮޅިތަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން ގޮޅިތައް ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ސިޓީ ފޮނުވުން އެދެމެވެ.
- ބަނދަރު އުތުރުގޮޅި (8)
- ދަނޑުބެކޮށި މަގު
- ޢަބްދުއްރަޙްމާން ހިނގުން ގްރީންޒޯން
- ދެކުނުކޮޅު އަންހެނުން ނަމާދުގެ ގޮޅި
- ގަބުރުސްތާނުގެ އުތުރުން ހުޅަނގަށް އޮންނަ ހަރިޔަން އަދި އިންޖީނުގެ ކައިރި ހަރިޔަން
ޝަރުތު:
- 65 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ މީހެއްކަމުގައިވުން
- އަމިއްލަނަމުގައި ބޭންކު އެކައުންޓެއް އޮތް މީހަކު ކަމުގައިވުން
ގޮޅިތަށް ދޫކުރަން ހަމަޖެހިފައިވަނީ ޝަޢުޤުވެރިކަންފާޅުކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. އަދި ގުރުއަތުން ދިމާވާގޮޅި ބަދަލުކުރަން ބޭނުންނަމަ ދެފަރާތްއެއްބަސްވެ އެކަން ހުށަހެޅުމުން ބަދަލުކޮށްދެވޭނެއެވެ. މިގޮތަށް ބަދަލުކުރެވޭނީ ގުރުއަތުލުން އޮންނަ ދުވަހުއެވެ.
މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދި ފޮނުވާ ސިޓީ އުރާގެ ބޭރުގައި " އިޖުތިމާޢީ ސަރަހައްދު ސާފުކުރުމަށްއެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.