ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-130/22/2026/12
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 05 ސެޕްޓެންބަރު 2026 09:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ސްކޫލް
ދިވެހިރާއްޖެ
ހިތާދޫ ސްކޫލުގައި ބައުވެފައިހުރި ތަކެތި ނީލަންކިޔުން

ހިތާދޫ ސްކޫލުގައި ބައުވެފައިހުރި ތަކެތި ނީލަންކިޔުން

މި ސްކޫލްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވާތީ، ނީލަން ކިޔުން 2026 ސެޕްޓެންބަރ 5 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ގައި މިސްކޫލްގައި އޮންނާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ހިފައިގެން 2026 ސެޕްޓެންބަރ 5 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އަށް މިސްކޫލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ނީލަން ކިޔުނު ތަކެތީގެ ފައިސާ ދެއްކެވުމަށްފަހު ތަކެތި 2 ގަޑިއިރުގެ ތެރޭގައި ގެންދަވަން ވާނެއެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ހިތާދޫ ސްކޫލް / ބ.ހިތާދޫ
  • ފޯނު ނަންބަރ: 6600314
  • ޢީމެއިލް: [email protected]
31 އޮގަސްޓް 2026