ޢާންމު މަޢުލޫމާތު
ނަންބަރު: BAM-IUL-2026-044
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 18:36
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޖޫނިއަރ އަދި ނެޝަނަލް ރޭންކިންގ – 26 އޮގަސްޓް 2026

މިއެސޯސިއޭޝަނުން 21 އޭޕްރިލް 2026 ގައި އާޢްމު ކޮށްފައިވާ ރޭންކިންގ ޕޮއިންޓް ސިސްޓަމްގައި 1 ވަނަ ޑިވިޝަން އަދި 2 ވަނަ ޑިވިޝަން ހިމެނިފައި ނުވާތީ އަލުން އެކުލަވާލެވިފައިވާ ޖޫނިއަރ ރޭންކިންގ އަދި ސީނިއަރ ރޭންކިންގ ޕޮއިންޓް ދެވޭ ސިސްޓަމް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާކަން ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

26 އޮގަސްޓް 2026