ބީލަން
ނަންބަރު: 538-A/2026/2
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 08 ސެޕްޓެންބަރު 2026 12:00
ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޯޓުގެ ގޯތި ތެރޭގައި ވޯކްވޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް.

  1. މި ކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޯޓުގެ ގޯތިތެރޭގައި ވޯކްވޭއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
  3.  މި ބީލަމުގައި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ، ކުންފުންޏާބެހޭ ޤާނޫނު (/9610) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ޕާޓްނަރޝިޕް ޤާނޫނު (201113/) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕްތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު (/20073) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (/201419) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
  4. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 8 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަން (އަންދާސީހިސާބު) ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
  5. މިބީލަމާއިގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާއެވެ. ބީލަމާއި ގުޅިގެން ބޭނުންވާ ބީލަން ފޮތް އަދި ބިޑް ޑޮކިއުމަންޓްސް ރަޖިސްޓްރީކުރެއްވުމުން މެއިލްކޮށްދެވޭނެއެވެ.
  6. ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް  މެއިލް ކުރަށްވާނީ  [email protected]
  7. މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 6540738 އަށް ގުޅުއްވުން އެދެމެވެ.

ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަރި ދުވަހުގެ މެންދުރުފަހު 13:30ގައި މިކޯޓުގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅާއިރު، ބީލަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހަޅާ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު މެންދުރުފަހު 13:30 ގައެވެ.

30 އޮގަސްޓް 2026