ދިވެހިރާއްޖެ
2026 އޮގަސްޓް 19 ވަނަ ދުވަހު ބޭއްވި ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ 05 ވަނަ ދަޢުރުގެ 12 ވަނަ އާންމު ޖަލްސާއިން ، 'ތ. މަޑިފުށީގައި ދިރޭތަކެތި ގެންގުޅުމަށް ބިން ދޫކުރުމުގެ އުޞޫލު' ފާސްކޮށްފައިވާތީ، މި ދެންނެވި އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން، ތ.މަޑިފުށީ ލޭންޑް ޔޫސް ޕްލޭންގައިވާ (އެގްރިކަލްޗަރ އެންޑް މެރިކަލްޗަރއަށް) ޚާއްސަކުރެވިފައިވާ ސަރަހައްދުން ބިންދޫކުރުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. ދިރޭތަކެތި ގެންގުޅުމަށް ބިން ދޫކުރާ ސަރަހައްދު އަދި ބިމާ ބެހޭ ބައެއް މުހިންމު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ގިނަ އަދަދަކަށް ބިޔަ ގަސް ހެދިފައިހުރި ސަރަހައްދަކަށްވާތީ މިފަދަ ބިޔަ ގަހެއް ބިން ބޭނުންކުރާ ފަރާތުން ކަނޑަން ބޭނުންވެއްޖެނަމަ އެކަން މިކައުންސިލަށް އަންގައި ލިޔުމުން ހުއްދަ ހޯދަންވާނެއެވެ.
- ބިން ދޫކުރާތާ 3 މަސްވެ ކުލި ދައްކަން ފަށާއިރު، މި ބިން ބޭނުން ކުރުމަށް، ކުރަން ޖެހޭ އަމަލީ މަސައްކަތް އެކަށީގެންވާ ވަރަކަށް ކުރެވިފައި ނުވާނަމަ ބިން އަނބުރާ ކައުންސިލަށް ނެގުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.
- ދިރޭތަކެތި ގެންގުޅުމަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ މަދުވެގެން 1000އފ (އެއް ހާސް އަކަފޫޓު) އެވެ. އަދި ގިނަވެގެން 1400އފ (ސާދަ ސަތޭކަ އަކަފޫޓު) އެވެ.
- ބިން ދޫކުރަމުންދާނީ ބިމަށްއެދި ފޯމު ހުށަހަޅާ ތަރުތީބުންނެވެ. (ނަމަވެސް ބިން ދޫކުރުމުގައި މިވަގުތު ތ.މަޑިފުށީގައި ދިރޭތަކެތި ގެންގުޅޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
މި އިޢުލަނާއިއެކު 'ތ. މަޑިފުށީގައި ދިރޭތަކެތި ގެންގުޅުމަށް ބިން ދޫކުރުމުގެ އުޞޫލު' ، ބިން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދާއި ބިމުގެ ޑައިމެންޝަން އެންގޭނެ ޗާޓް އަދި މިބަށް އެދިހުށަހަޅާ ފޯމް ހީރަސްކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.