ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2026/90
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 06 ސެޕްޓެންބަރު 2026 12:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

މިރަށު "މައުވާ" ގޭގެ ހުޅަނގުން އޮތް ހުސްބިމުގައި ހުރި (ރަތް ކުލައިގެ ދަވާދުން  X  ޖަހާފައިވާ ) 02 ދިވެހި ރުކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއްޖެއެވެ.

            ވީމާ، މިދެންނެވި ރުކުގެ ވެރިއެއްވާނަމަ، ރުއް ނަގައިގެން ގެންދިއުމަށް ނުވަތަ އެއަކީ އެފަރާތުގެ ރުކެއްކަން އެނގޭނެ ލިޔުމެއް 2026 ސެޕްޓެމްބަރ 06 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މި ދެންނެވި ސަރަޙައްދު އެނގޭނެ ޗާޓެއް ތިރީގައި ހިމަނާފައި އެވަނީއެވެ.

30 އޮގަސްޓް 2026