ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2026/121
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 06 ސެޕްޓެންބަރު 2026 12:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލަފާދޭ ކޮމިޓީގައި ހިމެނުމަށް ނަންހުށަހެޅުމާއި ގުޅޭ

ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، އެނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީ ވަނިވި އުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް މަގުފަހި ކުރުމުގެ ގޮތުން ކައުންސިލަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮމިޓީ އެކުލަވާލުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ 3 (ތިނެއް) މެމްބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ އިތުރުން ޢާންމު ރައްޔިތުންގެ ތެރެއިން ކޮމެޓީގައި ހިމެނުމަށް ނަން ހުށަހަޅާ ފަރާތްތައް ހިމެނޭގޮތަށެވެ.

                 ވީމާ، ޢާންމުންގެ ތެރެއިން މިކޮމިޓީގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެބޭފުޅެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ހިމެނޭ ގޮތަށް 06 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

                 މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

30 އޮގަސްޓް 2026