މަސައްކަތް
ނަންބަރު: (IUL)320-PRM/320/2026/72
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 07 ސެޕްޓެންބަރު 2026 13:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ މަލްޓިޕާޕަސް ޖިމްގެ ކަސްރަތު ސާމާނުތައް މަރާމާތުކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

       އޭދަފުށީ މަލްޓިޕާޕަސް ޖިމްގައި ހުރި ކަސްރަތުކުރާ މެޝިނަރީޒްތައް ސާރވިސްކޮށް، މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަގުބަޔާންކުރާ އަންދާސީހިސާބު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ކުރަންޖެހޭ މަސައްކަތް:

  • 3 ޓްރެޑްމިލް (ދުވާ މެޝިން) ރަނގަޅަށް ބޭނުންކުރެވޭނެ ހާލަތަށް މަރާމާތުކޮށް ސާރވިސް ކުރުން.
  • ޖިމްގައި ހުރި މަލްޓި-ސްޓޭޝަން ވެއިޓް މެޝިން (ބަރު އުފުލާ ކަސްރަތު މެޝިން) ސާރވިސްކޮށް، ތެޔޮއަޅައި ލުބްރިކޭޓް ކޮށްދިނުން.

 

ކޯޓޭޝަން ހުށަހެޅުން:

މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގު އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޓިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަފީޤް 7992334  ފޯން ނަންބަރ އަށް ގުޅުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެކަރުދާސް ކުރެވިފައި ވާނެއެވެ. އަދި ސުންގަޑި ހަމައްވުމަށްފަހު ހުށަހަޅާ ކޯޓޭޝަން ބަލައެއްނުގަނެވޭނެއެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

30 އޮގަސްޓް 2026