ކުއްޔަށް ދިނުން
ނަންބަރު: (IUL)387/387/2026/31
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 10 ސެޕްޓެންބަރު 2026 10:30
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރޭތަކެތި ގެންގުޅެން ތ. ކަނޑޫދޫން ބިން ކުއްޔަށް ދޫކުރުން.

އިޢުލާން

 

ދިރޭތަކެތި ގެންގުޅެން ތ. ކަނޑޫދޫން ބިން ކުއްޔަށް ދޫކުރުން.

 

                  ފާސްކޮށް ޢަމަލު ކުރެވެމުންދާ ތ. ކަނޑޫދޫގެ ބިނާވެށި ޕްލޭނާއި އެއްގޮތަށް ދިރޭތަކެތި ގެންގުޅުމަށް ކަނޑައަޅަފައިވާ ސަރަހައްދުން 08 ބިން ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

 

                  ވީމާ، މި ބިންތައް ކުއްޔަށް ނެންގެވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮގަސްޓް 30 ވަނަ ދުވަހުން ފެށިގެން 2026 ސެޕްޓެމްބަރ 02 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު މި އިދާރާއަށް ހުށަހަޅައި ބީލަން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މި އިދާރާގެ އީމެއިލް [email protected]  އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަސްމީގަޑީގައި މި އިދާރާއިން ފޯމު ލިބިވަޑައި ގަންނަވާނެއެވެ.  ބީލަންފޮތް ވިއްކާ އަގަކީ -/100ރ (އެއްސަތެކަ ރުފިޔާ) އެވެ. ބީލަން ބަލައިގަތުމާއި، ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ ތަވާލްގައިވާ ގޮތުގެމަތިން އެ ދުވަސްތަކާއި ގަޑިތަކުގައެވެ.

ބީލަން ވިއްކުން

2026 ސެޕްޓެމްބަރ 03 ވަނަދުވަހުގެ 13:00 ގެ ނިޔަލަށް

ޕްރީބިޑް މީޓިން

2026 ސެޕްޓެމްބަރ 03 ވަނަ ދުވަހު 13:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން

2026 ސެޕްޓެމްބަރ 10 ވަނަ ދުވަހު 10:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

 

                  17 ރަބީޢުލްއައްވަލް 1448

                  30 އޮގަސްޓް    2026 

30 އޮގަސްޓް 2026